އަދީބުގެ ބޭސްފަރުވާ ނިންމާލުމަށްފަހު މިއަދު މާލެ އަންނަނީ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާ ދަތުރު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ކަރެކްޝަންސްގެ ހުއްދަ ލިބުމާއި އެކު އަދީބު ބޭސްފަރުވާއަށް އިންޑިޔާއަށް ފުރީ މިދިޔަ މަހުގައެވެ. އަދީބުގެ އަރިހުގައި ކަރެކްޝަންސްގެ އޮފިސަރުންނާއި ފުލުހުންވެސް ދިޔައެވެ.
ޓްރެވަލް ޑޮކިއުމަންޓަކާއި އެކު ވަޑައިގެންނެވި އަދީބަށް 10 ދުވަސް ސަރުކާރުން ފުރަތަމަ ދިންއިރު އަދީބުގެ އެދިލެއްވުމުގެ މަތިން ސަރުކާރުން ވަނީ އިތުރު 10 ދުވަހުގެ މުއްދަތެއް ފަރުވާގެ ކަންކަން ފުރިހަމަ ކުރުމަށް ދީފައެވެ.
އަދީބުގެ މައްޗަށްކުރި ގިނަ ހުުކުމްތަކެއް ވަނީ ބާތިލްކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް