މީހުން ސަލާމަތް ކުރުމުގައި އޮފިޝަލުން ހަރަކާތްތެރި ވަނީ -- ފޮޓޯ: އޭއެފްޕީ
މީހުން ސަލާމަތް ކުރުމުގައި އޮފިޝަލުން ހަރަކާތްތެރި ވަނީ -- ފޮޓޯ: އޭއެފްޕީ
ހަބަރު 12 Jun 2025 | 18:51

އެއާ އިންޑިއާގެ ބޯޓެއް ވެއްޓުން: އެކަކު ސަލާމަތްވި

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

242 މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓި މިއަދު ހިނގި ނުރައްކާތެރި ހާދިސާ ގައި ބޯޓުން ދަތުރުކުރި އެކަކު ސަލާމަތްވި ކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

މި ހާދިސާ ހިނގީ ބޯޓް ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. މިއީ އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސި ވިލާތުގެ ލަންޑަނަށް ކުރަން ހަމަޖެހިފައި އޮތް ދަތުރެކެވެ.

ކަމާބެހޭ އިދާރާތަކުން ބުނީ ބޯޓްގައި ތިބީ 230 ފަސިންޖަރުންނާއި 12 ކްރޫން ކަމަށެވެ.

މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ގިނަ ބައެއްގެ ހަށިތައް ވަނީ ފެނިފަ އެވެ. އަދި ބޯޓުން ދަތުރުކުރި އެކަކު ސަލާމަތް ވި ކަމަށާ އޭނާއަށް ފަރުވާ ދެމުންދާ ކަމަށް އިންޑިއާގެ ސިއްހީ ވުޒާރާ އިން ވަނީ ޔަގީން ކޮށްދީފަ އެވެ. އިންޑިއާގެ ފުލުހުން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.

އެ މީހާގެ ފޮޓޯއާ މައުލޫމާތު ވެސް ސޯޝަލް މީޑިއާގައި އެކި އެކައުންޓްތަކުން ވަނީ ޕޯސްޓްކޮށްފަ އެވެ. އޭނާ އަށް ފަރުވާ ދެމުންދާއިރު އޭނާ ސަލާމަތްވި ގޮތާއި އޭނާގެ ހާލަތެއް ސާފެއް ނުވެ އެވެ.

ސަލާމަތްވި ކަމަށް ބުނާ މީހާ 

މި ހާދިސާގައި ބޯޓް ވެއްޓުނީ މެޑިކަލް ކޮލެޖް އިމާރާތުގެ މައްޗަށެވެ. އެ އިމާރާތުގައި ތިބި އެތައް ބަޔަކު ވެސް މަރުވެ ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް ބެލެވެ އެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ބޯޓް ވެއްޓެމުން ދިޔައިރު ބޯޓްގެ ތެރޭން ގަަދައަށް ދުން އަރަ އެވެ. އަދި ވެއްޓުމާއެކު ވަރުގަދައަށް ހުޅުހިފަ އެވެ. ރިޕޯޓްތައް. ބުނާ ގޮތުން ބޯޓް ވެއްޓެން ފެށިއިރު ދަތުރު ކުރަމުން އައީ 625 ފޫޓް މަތީންނެވެ. ބޯޓް ދުއްވަމުން ދިޔައީ ވަރަށް ތަޖުރިބާ ހުރި ޕައިލެޓެއް ކަމަށް ވެސް ވެ އެވެ.

ބޯޓްގައި ގިނައީ އިންޑިއާގެ ރައްޔިތުންނެވެ. އިންޑިއާގެ 169 މީހުން އެ ބޯޓުން ދަތުރުކުރި އެވެ. ދެން އެންމެ ގިނައީ ބޯޓް ދަތުރުކުރި އިނގިރޭސިވިލާތަށް ނިސްބަތްވާ މީހުންނެވެ. އެ ގައުމުގެ 53 މީހުން ދަތުރުކުރި ކަމަށްވެ އެވެ. މީގެ އިތުރުން ޕޯޗްގަލްގެ ހަތް މީހަކާއި ކެނެޑާ މީހަކު ވެސް މި ބޯޓުން ދަތުރުުކުރި ކަމަށް އެއާ އިންޑިއާ އިން ބުންޏެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...