ޔާމީންގެ ސަރުކާރަށް އަދީބު ވެއްދީ އަޅުގަނޑު: ރައީސް ނަޝީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އޭރުގެ ޓުއަރިޒަމް މިނިސްޓަރ އަހުމަދު އަދީބު ވެއްދީ އެމަނިކުފާނުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކެނދިކުުޅުދޫގައި އޮތް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އަދީބަށް މަގާމަށް އާދެވުނީ އެމްޑީޕީގެ ވިޕްލައިނާއި ޚިލާފަށް އޭރުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ، އަދީބަށް ވޯޓުދެއްވައިގެން ކަމަށެވެ. އަދި އަދީބަށް ވޯޓު ދެއްވުމަށް އީސައަށް އެންގީ ޚުުދު އެމަނިކުފާނުކަމަށް ރައީސް ނަޝީދު މިއަދު ވަނީ ހާމަކުރައްވާފައެވެ.
"އަޅުގަނޑުގެ ހިތަށް ވަތް އެއްޗަކީ އެހާ ރަނގަޅު ފަންޏެއް އެ ވަޒީރުންގެ މަޖިލީހުގައި އެޅުވެން އޮތް އިރުގައި އަދި ރައީސް ޔާމީނުގެ ވެރިކަމަށް ލޮޅުމެއް ގެނެވެން އޮތީ އެ ވެރިކަން އެ ވެރިކަމުގެ ތެރޭގައި އަޅުގަނޑުމެން ފަންޏެއް އަޅުވައިގެން ކަން ގުޑުމެއް ގެނެސްގެންކަން. އެއީ އަބަދުވެސް އަޅުގަނޑު ދުއްހުރި ހަގީގަތެއް."، ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އަދީބަށް ވޯޓުނުދޭން އީސަ ރޮއެ ހޭރުނު ކަމަށެވެ. އަދި އެމަނިކުފާނު ވަނީ އަދީބު ރައީސް ޔާމީންގެ ސަރުކާރުގައި ފަންޏެއްހެން އެޅުވީ ކޮރަޕްޓްވާނެކަން އެނގޭތީކަމަށްވެސް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް