މާލޭގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ
މާލެގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެއެވެ.
ހެންވޭރުގައި ހުންނަ މިގޭގައި ރޯވިކަމުގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު 11:11 ގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އަލިފާން ރޯވެފައިވަނީ ހެންވޭރު ރޯޝަނީ ބިލްޑިންގ ކުރިމަށްޗަށް ވާގޮތަށް އޮންނަ ގޯޅިގަނޑުގައި ހުރި ހ. ޓެންސްޓާރ ނަމަކަށް ކިޔާގެއެއްގައެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާގޮތުގައި މިހާރު ވަނީ އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އަދިވެސް ގިނަ އަދަދަކަށް ދުން އަރަމުންއެބަދެއެވެ.
https://www.facebook.com/voicemaldives/videos/722439201537527/?modal=admin_todo_tour&_rdc=1&_rdr
އެސަރަހައްދުގައި ފަޔަރ ޓީމް ދަނީ ހަރަކާތްތެރިވަމުންނެވެ.
(ތަފްސީލު އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް