ވަގުތީ ހިޔާގައި 100އަށްވުރެ ގިނަ މީހުން އެބަތިބި: އެންޑީއެމްއޭ
އަބަދަށް ފެހި މަގުގައި ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާއާއި ގުޅިގެން ގާއިމްކޮށްފައިވާ ވަގުތީ ހިޔާގައި 100އަަށްވުރެ ގިނަ މީހުން ހިޔާވަހިކަން ހޯދައިފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ކަލާފާނު ސްކޫލުގައި ވަގުތީ ހިޔާއެއް ގާއިމުކުރެވިފައިވާނެކަމަށާއި ވަގުތީ ހިޔާގައި މިވަގުތު 100 އަށް ވުރެ ގިނަ މީހުން އެބަތިބިކަމަށެވެ. އަދި އެބޭފުޅުންނަށް ބޭނުންވާ ފެނާއި ކާނާ ވަނީ ހަމަޖެހިފައިކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
އެ އޮތޯރިޓީން ވަނީ މިހާދިސާއާއި ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން އެހީތެރިވުމަށް ޑޮނޭޝަން ފޯރުކޮށް ދިނުމަށް އެދޭކަން ފާހަގަކޮށްފައެވެ. ނަމަވެސް މިވަގުތަށް ބޭނުންވާ ވަރަށް އެހީތެރިކަން ވަނީ ލިބިފައިކަމަށާއި އިތުރަށް އެހީތެރިކަން ބޭނުންވާ ނަމަ އިއުލާންކުރާނެކަމަށް ވަނީ ބުނެފައެވެ.
އެންޑީއެމްއޭ އިން ބުނީ މި އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލް ކުރެވިފައިކަމަށާއި ނަމަވެސް އަލިފާން ހިނގި ސަރަހައްދުގައި އަދިވެސް އިޖާބަ ދިނުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ.
"ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތު އަޅުގަނޑުމެން ފޯރުކޮށް ދެމުންދާނަން"، އެފަރާތުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް