ހުޅުމާލޭގައި މަދިރިގިނަވުމުގެ ސަބަބުން ފޮގް ކުރަނީ
ހުޅުމާލޭގައި މަދިރީގެ އުނދަގޫ ބޮޑުވެ، މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ފޮގްކުރުމަށް އެޗްޑީސީން ނިންމައިފިއެވެ.
އެޗްޑީސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ގިނަވުމާއި ގުޅިގެން އެޗްޕީއޭއާއި ގުޅިގެން ހުޅުމާލެ ފޮގްކުރުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ތިންދުވަހު ފަތިހު ފަހަކާއި ހެނދުނު އަށަކާއި ދެމެދު ފޮގްކުރުމުގެ މަސައްކަތްކުރަމުންދާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މި މަސައްކަތް ކުރަމުންދާ ހިނދު، ސިއްހީ މައްސަލައެއް ހުރި ފަރާތެއްނަމަ ބޭރުތެރޭގައި އުޅޭހިނދު ސަމާލުވުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް