މިރޭ މާާލޭގައި ހަވާ ނާރުވާނެ!
އާ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން މާލޭގައި ހަވާ އެރުވުމުގެ ހަަރަކާތްތަކެއް ނޯންނާނެކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ގައުމީ ދިފާއީ ބާރުގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މާލެ ސިޓީގައި ހަވާއެރުވުމުގެ ހަަރަކާތްތަކެއް ކުރިއަށް ނުގެންދާނެކަމަށެވެ. ނަމަވެސް އެމްއެންޑީއެފްގެ ފަރާތުން ރާއްޖޭގެ 47 ރިސޯޓެއްގައި ހަވާ އަރުވާނެކަމަށް އާޒިމް ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގައި މާލޭގައި ހަވާއެރުވުމުގެ ހަރަކާތް އާންމުކޮށް ބާއްވާފައިވަނީ ޓޫރިޒަމް މިނިސްޓްރީން އިންތިޒާމް ކުރާ އާ އަހަރުގެ ޝޯވއާއި ގުޅިގެންނެވެ. މިރޭ މި ޝޯވ ކުރިއަށްދާނީ ކާނިވާ ސަރަހައްދުގައެވެ.
މިފަހަރުގެ އާ އަހަރުގެ ޝޯވގައި ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ފަންނާނުންގެ ހުށައެޅުންތައް ފެނިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް