މާލެސިޓީގެ ވަގުތީ މާރުކޭޓްތައް ވަރަށް އަވަހަށް ހުޅުވަނީ
ރޯދަމަހާއި ދިމާކޮށް މާާލެސިޓީގެ އެކި ސަރަހައްދުތަކުގައި ހުޅުވުމަށް ހަމަޖެހިފައިވާ ވަގުތީ މާރުކޭޓުތައް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހުޅުވާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ބުނީ މި ވަގުތީ މާރުކޭޓުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ މާލެ އަދި ވިލިނގިލި ސަރަހައްދުގައި ކަމަށެވެ. އެގޮތުން މި މާރުކޭޓްތައް ހުޅުވުމަށް ހިޔާކުރުމުގެ ގޮތުން ޓެންޓްޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މާލޭގައި މި ވަގުތީ މާރުކޭޓްތައް ހުޅުވާނީ މާލޭގެ ވެސްޓް ޕާކް ހިމެނޭ ޖާގައާއި އެމްޕީއެލްގެ ނޯތު ހާބަރު ހިމެނޭ ސަރަހައްދުގައެވެ.
މި މާރުކޭޓުން ރަށްރަށުގައި ހައްދާ ކާބޯތަކެތި، ހެޔޮ އަގެއްގައި މާލެއިން ލިބޭނެގޮތް ހަމަޖެހިގެންދާާނެކަމަށް ސިޓީ ކައުންސިލުން އުންމީދުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް