އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި ބައްޕައަކު ރަށަކުން ހައްޔަރުކޮށްފި
އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކޮށްގެން، ރާއްޖޭގެ ރަށަކުން މީހަކު ހައްޔަރުކޮށްފިއެވެ.
ވޮއިސްއަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކުއްޖާގެ ބައްޕައެވެ.
ފުލުހުން ބުނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެގެން 18އަހަރުން ދަށުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ގުޅިގެން 35އަހަރުގެ މީހަކު އިއްޔެ ހަވީރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ދެކުނުގެ ރަށަކުންނެވެ.
މި މައްސަލަ ތިލަވެގެންދިޔައީ އެ ކުއްޖާގޮސް މި ހާދިސާގެ ވާހަކަތައް ސްކޫލާއި ހިއްސާކުރުމުންނެވެ. ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މި މައްސަލަ ގެނެސްދިނީ ސްކޫލުންނެވެ.
މި މައްސަލަ ފުލުހުންނާާއި ޖެންޑާ މިނިސްޓްރީން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް