ސްކޫލްތައް ބަންދުކުރުމަށް ލަފާދީފައެއް ނުވޭ: އެޑިއުކޭޝަން
މިހާާރު ފެތުރެމުންދާ ރޯގާތަކާއި ގުޅިގެން ސްކޫލްތައް ބަންދުކުރުމަށް އައިޖީއެމްއެޗްއިން އަންގާފައިނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައިވަނީ ސްކޫލްތައް ބަންދުކުރަން އެންގިކަމަށްބުނެ ސޯޝަލް މީޑިޔާގައި ވާހަކަ ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
އެ ވުޒާރާއިން ޓްވިޓަރ މެދުވެރިކޮށް ބުނެފައިވަނީ އާންމު ބަލިމަޑުކަމެއް ފެތުރޭތީ ސްކޫލްތައް ބަންދުކުރުމަށް އައިޖީއެމްއެޗުން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ސޯޝަލްމީޑިއާގައި ފެތުރެމުންދަނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.
އަދި ކަމާގުޅޭ އެއްވެސް މުއައްސަސާއަކުން ސްކޫލްތައް ބަންދުކުރުމަށް މިހާތަނަށް ލަފާދީފައި ނުވާ ކަމަށް ވެސް އެޓުވީޓުގައި ވަނީ ބުނެފައެވެ.
މީގެ ކުރިން ރޯގާ ގިނަވުމުގެ ސަބަބުން ސްކޫލްތައް ވަނީ ބަންދުކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް