ފަހަތުން އަރައި ރާއްޖެ، ޓިމޯ ލެސްޓޭ ބަލިކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ދިވެހިރާއްޖެ އާއި ޓިމޯ ލެސްޓޭ ކުޅުނުމެޗް ފަހަތުން އަރައި ރާއްޖޭގެ ޓީމް ކާމިޔާބުކޮށްފިއެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ރާއްޖެ ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޖެހި ހުރިހާ ލަނޑުތަކެއް ފެނިގެންގޮސްފައިވަނީ ފަހު ހާފްގައެވެ. މެޗް ފެށުނީއްސުރެ ރަނގަޅަށް ކުޅެމުން ގޮސްފައިވަނީ ރައްޖޭގެ ޓީމެވެ.
މެޗްގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޓީމޯ ލެސްޓޭ އެވެ. އެއީ މެޗްގެ 66 ވަނަ މިނެޓް ތެރޭގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މެދުތެރެއަށް ކުޅެމުން އަންނަ އެލެކްޒެންޑަރ ބަހީތޯ އެވެ.
ޓީމޯ ލެސްތޭއިން ލަނޑެއް ޖަހާފައިވަނިކޮށް ރާއްޖެއަށް އެއްވަރުކޮށްދިނީ، 89 ވަނަ މިނެޓް ތެރޭގައި އިރުފާނެވެ. މެޗުން ރާއްޖެ މޮޅުކޮށްދިނީ 93 ވަނަ މިނެޓް ތެރޭގައި އަލީ ފާސިރު، ސެންޓޭއެވެ. ސެންޓޭ މި ލަނޑު ޖެހީ އަލީ އަޝްފާގް ހޯދައިދިން ޕެނަލްޓީއަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް