ފަރުމަހަށް ނުކުމެ އުޅުނު ދޯންޏެއް އަޑިއަށްދަނީ
ފަރުމަހަށް ނުކުމެ އުޅުނު ދޯންޏެއް އަޑިއަށްދާން ފެށުމާއި ގުޅިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ ހަތަރު މީހުންނާއި އެކު ފަރުމަހަށް ނުކުމެ އުޅުނު 30 ފޫޓްގެ ދުވެލި ނަމަކަށް ކިޔާ ދޯންޏެއް ކ.އެނބުދޫފަޅު ކައިރިން އަޑިއަށްދަމުންދާ ކަމަށެވެ
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު އިރުއޮއްސި 18:00 ހާއިރުކަމަށް އެމްްއެންޑީއެފްއިން މައުލޫމާތުދެއެވެ.
މި ހާދިސާ އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ ހެނދުނު 10:52 ހާއިރުގައެވެ. މި ދޯނީގައި ތިބީ ހަތަރު މީހުންނެވެ. އެއީ ތިން ބިދޭސީންނާއި އެއް ދިވެއްސެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް