ސާކް އަލުން ދިރުވުމަށް ނޭޕާލްއިން އިސްނަގައިފި
ސަމިޓްއެއް ނުބާއްވާތާ ގިނަ ދުވަސްވެ، މަސައްކަތްތައް ހުއްޓިފައިވާ ސައުތު އޭޝިޔަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަލުން ދިރުވުމުގެ މަސައްކަތް ނޭޕާލް އިން ފަށައިފިއެވެ.
އެގޮތުން ދާދިފަހުން ނޭޕާލްގެ ޚާރިޖީ ވަޒީރު ޕްރަދީޕް ކުމާރް ވަނީ އިންޑިޔާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖްއާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޕްރަދީޕް ކުމާރު ވަނީ ދޭދޭ ގައުމުތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރެވޭނެކަމަށް ވިދާޅުވެފައެވެ. އަދި ސަރަހައްދުގެ ގައުމުތަކަށް ކުރިމަތިވެފައިވާ ޓެރަރިޒަމް ފަދަ ނުރައްކާތަކުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރަން ޖެހޭނެކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.
"އެެމެރިކާގެ ރައީސް ޓްރަމްޕްއާއި އުތުރު ކޮރެއާގެ ކިމް ޖޮންގް އުން އަށް ބައްދަލުކުރެވެންޏާ، އެހެން ލީޑަރުންނަށް ބައްދަލުނުކުރެވެންވީ ކީއްވެ" މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުން ޕްރަދީޕް ކުމާރު ވިދާޅުވިއެވެ.
މި އަހަރު ސްރީލަންކާގައި ސާކް ސަމިޓެއް ބޭއްވުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް