ލަންކާ މަސްބޯޓުތައް ފުލުހުންނާއި ހަވާލުކޮށްފި
ރާއްޖޭގެ އީއީޒެޑްގައި ގަވާއިދާއި ޚިލާފަށް ހަރަކާތްތެރިވަމުން ދަނިކޮށް އަތުލައިގަތް ލަންކާގެ ހަތަރު މަސްބޯޓު ފުލުހުންނާއި ހަވާލުކޮށްފިއެވެ.
މި މަސްބޯޓުތައް މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުޅުމާލޭ ފަޅުގައެވެ.
އެ ބޯޓްތައް އަތުލައިގެންފައިވަނީ ހއ. ކެލާގެ އިރު އުތުރުން 103 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި އެ ބޯޓުތައް އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ހުރަވީއިން ވަނީ ފުރަތަމަ ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ.
މި ބޯޓުތަކުގައި ތިިބި ފަރާތްތައް ފުރުވާލުމުގެ ކަންތައްތައްދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް