އިންތިހާބާއި ދިމާކޮށް އައިޑީކާޑު ހެއްދުމުގައި ސަމާލުވުމަށް ޑީއެންއާރް އެދިއްޖެ
ކުރިއަށްއޮތް މަޖިލިސް އިންތިޚާބާއި ދިމާކޮށް އައިޑީކާޑު ހެއްދުމުގައި ސަމާލުވުމަށް ޑީއެންއާރްއިން އިލްތިމާސްކޮށްފިއެވެ.
ޑީއެންއާރުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ވޯޓުލާން ހަމަޖެހިފައިވާއިރު، އެ ދުވަހާއި ކައިރިކޮށް ގިނަ ބަޔަކު ކާޑު ހެއްދުމަށް ހުށަހަޅައިފިނަމަ، އެ އެންމެންގެ ކާޑު ނިންމައި ހަވާލު ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށެވެ. އެހެންކަމުން ކާޑު ހެއްދުމުގެ ކަންތައް ދުރާލާ ނިންމަވައިގެން ތިބުމަށް އެ ޑިޕާރޓްމެންޓުން ވަނީ އެދިފައެވެ.
މިގޮތުން މި ހިނގާ މާޗް މަހުގެ 31 ގެ ކުރިން އައިޑީ ކާޑު ހައްދަން ބޭނުންވާ ފަރާތްތަކުން ކާޑު ހައްދައި ނިންމުމަށް ޑީއެންއާރުން ވަނީ އެދިފަ އެވެ.
އަދި މީގެ އިތުރުން، މިހާރު ވެސް ކާޑު ހެދުމަށްފަހު، ބައެއް ފަރާތްތަކުގެ ކާޑު ނުނަގާ ހުރުމުން މިކާޑުތަކުގެ ވެރިފަރާތްތަކުން އެފަރާތެއްގެ ކާޑު ވެވަޑައިގެން އެންމެ އަވަސް ފުރުސަތެއްގައި ނެންގެވުމަށް ބަޔާނުގައި އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް