ބްރިޖް ހައިވޭ ކޯނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ!
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސިނަމާލެ ބްރިޖް ހައިވޭމަތީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ، ހުޅުމާލެއިން މާލެއަށް ދުއްވި ސައިކަލެއް ސޯލާޕެނަލްތައް ކައިރީ މަގުގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހެނފުނު 08:19 ހާއިރުއެވެ. ފުލުހުން ބުނީ އެކްސިޑެންޓްގައި ނިޔާވީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް 09:05 ހާއިރުއެވެ.
މި އެކްސިޑެންޓް ހިނގަން ދިމާވީ ސީދާ ކީއްވެގެންކަމެއް ފުލުހުން ނުބުނެއެވެ. ހައިވޭގައި އެއްފަރާތުގައި ޖަހާފައިހުރި ސޯލާ ޕެނަލްތަކުގެ ސްޓްރަކްޗަރތައް މަރާމާތުކުރުމަށް ދޭތެރެއަކުން ކޯނުތައް އަތުރާފައި ހުންނައިރު، ކޯނުތައް ހުންނަނީ ދުުރުން އަންނައިރު ފެންނަ ގޮތަށްކަން ފާހަގަކޮށްލެވެއެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް