އައިޖީއެމްއެޗްގެ އޯޕީޑީ ގޭޓް ވަގުތީ ގޮތުން ބަންދުކުރަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ އޯޕީޑީ ވޯކްވޭގައި މަސައްކަތެއް ކުރުމަށްޓަކައި، އޯޕީޑީ ގޭޓް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.
އައިޖީއެމްއެޗުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހޮސްޕިޓަލްގެ އޯޕީޑީ ވޯކްވޭގައި މަސައްކަތެއް ކުރުމަށްޓަކައި އޯޕީޑީ ވޯކްވޭ ސަރަހައްދު އެއްކޮށް، ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، މިރޭ 9:00 އިން ޖުލައި 26 ވާ ހޮނިހިރު ދުވަހުގެ ދަންވަރު 3:00 އާ ހަމައަށް އެ ސަރަހައްދު ބަންދުކޮށް އަންނަނިވި ބަދަލުތައް ގެނެވޭނެވެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
• ގޭޓް 1 އާންމުންނަށް ބަންދުކޮށް، ހޮސްޕިޓަލަށް ވަނުމަށް އިމަޖެންސީ ގޭޓާއި ސަންސެޓް ކެންޓީން ކައިރި ގޭޓް ބޭނުންކުރަން ފެށުން.
• ޑައިލިސިސް ސެންޓަރަށް އަންނަ މީހުން އެމްއާރްއައި ސެންޓަރަށް ވަދެވޭ ވޯކްވޭ ބޭނުންކުރުން.
• ސްޓްރޯކް ސެންޓަރު، އީއެންޓީ ވޯޑްގެ އެޗްޑީޔޫއަށް ބަދަލުކުރުން.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އައިޖީއެމްއެޗުން ވަނީ މަޢާފަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް