ވިލިމާލެ ފެރީ ޓާމިނަލް ކައިރިއަށް ވެއްޓިފައި އޮތް ވޮލެޓެއް ނެގި މީހަކު ފުލުހުން ހޯދަނީ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ވޮލެޓެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން އެމީހާ ހޯދުމަށް އިއުލާނުކުރީ ވިލިމާލެ ފެރީ ޓާމިނަލް ކައިރިއަށް ވެއްޓިފައި އޮތް ވޮލެޓެއް ގެއްލުނު މައްސަލައާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ، ވޮލެޓް ނެގިކަމަށް ސީސީޓީވީ ފޫޓޭޖުން ފެންނަ މީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށެވެ.
އެހެންކަމުން އެމީހާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް