މާފަންނު ބޮޑުގެ މިސްކިތް އޮކްޓޫބަރު 17ގެ ހުކުރު ނަމާދަށް ފަހު ބަންދު ކުރާނެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާފަންނު ބޮޑުގެ މިސްކިތް އޮކްޓޯބަރ 17 ވަނަ ދުވަހު ހުކުރު ނަމާދުގެ ފަހުން ބަންދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މާފަންނު ބޮޑުގެ މިސްކިތް އޮކްޓޯބަރ 17 ވަނަ ދުވަހު ހުކުރު ނަމާދުގެ ފަހުން ބަންދު ކުރާނެ ކަމަށެވެ. އަދި އެއަށް ފަހު، އެތަނުގައިވާ ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
"..އަދި އިންޝާ ﷲ ނޮވެމްބަރ ހަތަރު ވަނަ ދުވަހު އެތަނުގައި އާ ޒަމާނީ މިސްކިތުގެ ބިންގާ އަޅާނެ," އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވި އެވެ.
މިނިސްޓަރު ކުރީން ވިދާޅުވި ގޮތުގައި އެ ތަނުގައި ޒަމާނީ މިސްކިތެއް އަޅަނީ ވިޔަފާރިވެރީންތަކެއްގެ އެހީގައެެވެ. އޭގެ ތަފްސީލެއް ނުދެއްވަ އެވެ.
މާފަންނު ބޮޑުގެ ހުރި ބިމުގައި މިވަގުތު ހުރި ވަގުތީ މިސްކިތަކީ ވަރަށް ގިނަ ދުވަސްވެފައިވާ މިސްކިތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް