ޑރ. އިޔާޒު ރައީސް ނަޝީދަށް: ދީނާ ދެކޮޅު މީހަކު ނުހޮވާނެ ކަމަށް ވިދާޅުވާން ނުކެރުނީ ކީއްވެތޯ
ކުރިޔަށް އޮތް ލޯކަލް ކައުންސިލުގެ އިންތިހާބުގައި ހަރުކަށި ފިކުރުގެ މީހަކު ކައުންސިލަށް އިންތިހާބުވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން. ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު، ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަރުކަށި ފިކުރު ގެންގުޅޭ ކަމަށް ފާހަގަވާ ފަރާތްތައް ކައުންސިލަށް އިންތިހާބު ވިޔަ ނުދިނުމަށް އެންޓި ކެމްޕޭން ކުރައްވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކައުންސިލަރުންނަށް އަމާޒުކޮށްގެން މިދިޔަ ހޯމަ ދުވަހު ''ވިއަވަތި'' ބޭއްވި މަހަސިންތާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ހަރުކަށި ފިކުރަށް ތާއީދުކުރާ އެއްވެސް ކައުންސިލަރަކަށް އެމަނިކުފާނު ތާއީދެއް ނުކުރައްވާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އެމްޑީޕީއިން ކުޑަވެސް ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދުގެ އެވާހަކަފުޅަށް ރައްދު ދެއްވައި ޑރ. އިޔާޒު ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވަނީ، އިސްލާމް ދީނާ އިދިކޮޅު، ނުވަތަ ސެކިއުލަރިޒަމް ފިކުރުގެ މީހަކު ކައުންސިލަށް ކުރިމަތިލިޔަސް، އެމީހަކަށް ތާއީދު ނުކުރައްވާނެ ކަމަށާއި އެފަދަ މީހަކު ނުހޮވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވާން ނަޝީދަށް ކެރިވަޑައިނުގަތީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް