ލަންކާގެ މައި އެއާޕޯޓު ކައިރިން އައިއީޑީއެއް ފެނިއްޖެ
ސްރީލަންކާގެ މައި އެއާޕޯޓު ކަމުގައިވާ ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއާޕޯޓާއި ކައިރިން އަމިއްލައަށް އުފައްދާފައިވާ ގޮވާއެއްޗެއް، ނުވަތަ އައީއީޑީއެއް ފެނިއްޖެއެވެ.
ލަންކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި މި އައިއީޑީ ފެނިފައިވަނީ އެއާޕޯޓަށް ދާ މަގަކުންނެވެ.
ސްރީލަންކާގެ ވައިގެ ސިފައިންގެ ބޮން ސްކޮޑްއިން ވަނީ މި މި އައިއީޑީ ނައްތާލާފައެވެ.
މި އައިއީޑީ ފެނިފައިވަނީ އެއާޕޯޓު އޮންނަ ކަޓުނަޔަކެ ސަރަހައްދުގެ އަންޑިޔަންބަލަމަ މަގުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް