N/A
N/A
ހަބަރު 13 Feb 2019 | 06:15

ފަތުރުވެރިން މަރުވެ ރާއްޖެއާމެދު އާއްމު ބިރުވެރިކަމެއް ފެތުރެމުންދާއިރު ޓޫރިޒަމް މިނިސްޓްރީއާއި މަޓީ ނިދާފައި!؟

މީގެކުރިން އަޅުގަނޑުމެންގެ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ނުކުމެ ދުނިޔެއަށް ގޮވާލަމުންދިޔައެވެ. އެއީ ސިޔާސީގޮތުން އެބަޔަކު ބޭނުންވާ ބަދަލުތަކެއް ދިވެހި ރާއްޖެއަށް ގެންނަން އޭރަކު އޮތް ސަރުކާރަކަށް ފިއްތަން ދައުލަތް ފަގީރުކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްދިނުމަށް ދަތިތައް ކުރިމަތިވުމުން ރައްޔިތުން ސަރުކާރުދެކެ ރުޅި އަންނާނެކަން ބަލައެވެ.

ތިމާގެ އަމިއްލަ އާއިލާގެ މީހުންނަށް ކުރިމަތިވާނެ ދަތިތަކާމެދު އެއްވެސް ފަރުވާލެއް ބެހެއްޓުމެއްނެތިއެވެ. އެގޮވާލުންތަކާހެދި ސަރުކާރުގެ ނުތަނަވަސްކަން އޮވެއެވެ. އެއީ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށްވިޔަސް ރާއްޖޭގެ ފަތުރުވެރިކަމާމެދު ބޭރުގެ ފަތުރުވެރިންގެތެރޭގައި އުފެދިދާނެ ގޯސްތަސައްވުރަކުން ލިބޭ ގެއްލުމަކީ ދިގުމުއްދަތަކަށް އެކަމުގެ އަސަރު އިންޑަސްޓްރީއަށް ފޯރާނެކަމަކަށްވާތީއެވެ.

ފަތުރުވެރިން އައުންމަދުވުމަކީ ރާއްޖޭގައި ބޭންކުތަކުން ބޮޑެތި ލޯންތައް ނަގައިގެން ރިސޯޓްތަކާއި ގެސްޓްހައުސް ވިޔަފާރި ފަށައިގެންތިބި ލޯކަލް އިންވެސްޓަރުންނަށް ކިހާ ކަންބޮޑުވާކަމެއްކަން އެގޭނީ އެވިޔާފާރީގައި ދެމިތިބި މީހުންނަށެވެ.

މީގެކުރިން އަޅުގަނޑުމެން ކަންބޮޑުވީ ދިވެހިންގެ ބަޔަކު ބޭރުގެ ނޫސްތަކަށް ޚަބަރުދީގެން އަދި ބޭރުގެ ފެއަރތަކަށް ވަދެ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން ގޮވަމުންދިޔައިމައެވެ.

އެކަމަކު މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެ ފެންނަމުންމިދަނީ އެއަށްވުރެ މާ ނުރައްކާތެރި ޓްރެންޑެއް ފެށިގެން އުޅޭފަދަ ކަންތައްގަނޑެކެވެ. ރާއްޖޭގެ މަޝްހޫރު ރިސޯޓްތަކުގައި އާދަޔާޚިލާފަށް ގިނައިން ފަތުރުވެރިން މަރުވަމުންދަނީއެވެ. ރާއްޖޭގައި އިންޓަރނޭޝަނަލް އެވޯޑްތައް ހޯދާފައިވާ ރަށްރަށުގައިވެސް ފަތުރުވެރިން މަރުވަނީއެވެ. މަރުވާލެއް ގިނަކަމުން އެއީ މިހާރު ބަޔަކަށް އާދައިގެ ކަމަކަށްވާ ހިސާބަށްދިޔައިމާ ދެންވާނީ ކިހިނެތްތޯއެވެ.

މަޓީގެ އިސްވެރިން: ޓޫރިސްޓުން މަރުވަމުންދާއިރު މަޓީން ކަންބޮޑުވެގެން އުޅޭތަނެއް އަދި ނުފެނޭ.

މިއަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހުންފެށީގެން މިހާތަނަށް 10 ފަތުރުވެރިން މަރުވެއްޖެއެވެ. ތިން ފަތުރުވެރިޔަކު މަރުވީ ޕެރަޑައިޒް ރިސޯޓްގައެވެ. ހަނީމޫންއަށް އައިސް އުޅެނިކޮށް މަރުވި ފިލިޕީންސްގެ ޒުވާން ދެމަފިރިންގެ ޚަބަރު ވަރަށް ބޮޑަށް ފެތުރި ވަރަށް ގިނަ ބަޔަކު އަސަރު ކުރި ޚަބަރަކަށްވިއެވެ.

އިއްޔެ އެންމެފަހުން ފަތުރުވެރިޔަކު އެމަރުވީ ވެލިދޫ ރިސޯޓްގައެވެ. ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން ކަނބޮޑުވެގެން އުޅޭތަނެއް ނުފެނެއެވެ. އިނިސްޕެކްޝަން ޓީމެއް ނެރެގެން އުޅޭކަމަށް ބުނުން ފިޔަވައެވެ. އިންޑަސްޓްރީގެ މައި ޖަމްއިއްޔާ މޯލްޑިވްސް އެސޯސޮސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީން ހާސްވެގެން އުޅޭތަނެއް ނުފެނެއެވެ. އެހެންޏާ ފަތުރުވެރިންގެ ދެމީހަކު މަރުވާއިރަށް މާޓީއާއި ޓޫރިޒަމް މިނިސްޓްރީ އެޓެންޝަނަށްއައިސް ފަތުރވެރިންގެ ސަލާމަތީކަންތައްތަކާއިމެދު ސައްލާކޮށް އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތްކުރާތަން ފެނެއެވެ.

ހަނީމޫން ހޭދަކުރަން ރާއްޖޭގައި މަރުވި ފިލިޕީންސްގެ ދެ ފަތުރުވެރިން

އެކަމަކު މިހާރު މިކުޑަދުވަސްކޮޅުގެތެރޭގައި 10 ފަތުރުވެރިން މަރުވެ ދުނިޔޭގެ އެކިމީޑިއާތަކުގައި ދިވެހި ރާއްޖޭގައި ފަތުރުވެރިން މަރުވާ ޚަބަރު ލިޔަމުންދާއިރުވެސް އެދާއިރާގެ އިސްވެރިން ކަހާތަން ހިރުވާވެސް ނުލައެވެ. އެކަމަކު މީގެ އާޚިރު ނަތީޖާއަކަށްވާނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މާކެޓްތަކަށް ރާއްޖޭގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލައިގެ ސަމާލުކަން އައިސް ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން ރައްކާތެރި މާހައުލެއް ނޫންކަން ދެކި ރާއްޖެއަންނަން ބިރުގަތުމެވެ.

މިއީ އޭގެ ޒާތުގައި ރާއްޖެއަށް ފަތުރުވެރިން އައުން ބޮއިކޮޓް ކުރުމުގެ ސައިލެންޓް ކެމްޕެއިނެއްގެ ފެށުމަކަށް ވެދާނެއެވެ. މިކެމްޕއިނުގެ ނުރައްކާ ސަރުކާރުން ގަބޫލު ނުކުރަނީކަމަށް ވެދާނެއެވެ. އަދި ރާއްޖެއަށް ލިބޭ އެވޯޑްތައް ގިނަކަމުން ނުވަތަ ކޮންމެވެސް ސިޔާސީ ސަބަބަކަށްޓަކައި މަޓީވެސް މިސައިލެންޓްކެމްޕެއިން އެގޮތަށްދާން ދޫކޮށްގެންތިބީކަމަށް ވެދާނެއެވެ.

މީގެކުރިން އެމްޑީޕީގެ އިސް އެކިއެކި ފަރާތްތަކުން ދިވެހި ޜާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވަމުންދިޔަ ދިޔުން މިއަދު އެޕާޓީގެ ވެރިކަމުގައި ކުރިމަތިވެގެންމިއަންނަނީ ގުދުރަތީ ކާރިސާއެއްގެ ގޮތުގައެވެ. ސަރުކާރުން މާކަންބޮޑުވެގެން އުޅޭތަނެއް އަދި ނުފެނެއެވެ.

ޓޫރިސްޓުންންގެ އިތިރަށްވެސް އާ ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ހާދަހާ ގިނަ މީހުން ކުއްލި މަރުތަކުގައި މަރުވެއްޖެއެވެ.

ފަތުރުވެރިންނާއެކު 22 މީހުން ކުއްލި މަރުތަކުގައި މަރުވެއްޖެއެވެ. ޖަލުމީހުންގެ ވެސް ދެމީހަކު މަރުވެއްޖެއެވެ. ނުރައްކާތެރި އެކްސިޑެންޓްތައްވެސް އެހާ ގިނައެވެ. އެކްސިޑެންޓްވަނީ ބްރިޖްމަތިން ފެންނަ އަންހެންޖިންނިއަކާހެދިކަމަށް ބުނާތީ އިވެއެވެ. އެހެންވެއްޖިއްޔާ ރިސޯޓްތަކުގައި މިއީ ދެން ކޮންކަމެއް ހެއްޔެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...