ލޯންްޗް ބަންޑުންޖަހާލި ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
ހދ.ނޮޅިވަރަމްފަރުން ފުރައިގެން ހދ.ހަނިމާދޫއަށް ދަތުރުކުރި ލޯންޗު ބަންޑުންޖަހާލި ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހަނިމާދޫ ކައިރިން ލާންޗެއް ބަންޑުންޖަހާލައި 5 ބޭފުޅަކު ނިޔާވި ޚަބަރު އެހީ ފުންހިތާމައާއެކުގައި ކަމަށެވެ.
އަދި އެބޭފުޅުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ހިތުގެއަޑިން ތަޢުޒިޔާ ދަންނަވާކަމަށްވެސް ވިދާޅުވިއެވެ.
"މާތްﷲ މަރްޙޫމުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ޢާއިލާތަކަށް ކެތްތެރިކަން ދެއްވާށި"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ހާދިސާގައި އެއް އާއިލާއެއްގެ ހަތަރު މީހަކު ވަނީ ނިޔާވެފައެވެ. އެއީ ދެމަފިރިއަކާއި އެމީހުންގެ މާމަ ކާފަ އަންހެން ދަރިއެކެވެ. މީގެ އިތުރުން ހަމަ އެ ކުއްޖާގެ މަންމަވެސް ވަނީ ނިޔާވެފައެވެ.
އަދި އެހެން އަންހެނަކުވެސް ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް