މާލޭގެ ގިނަ ސަރަހައްދުތަކަށް މިހާރު ކަރަންޓް ލިބޭނެ: ސްޓެލްކޯ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މާލޭގެ ގިނަ ސަރަހައްދުތަކަށް މިހާރު ކަރަންޓްގެ ހިދުމަތް ލިބޭނޭކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ހެނދުނު މުޅި މާލެ އަދި ހުޅުމާލެއިން ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވާއިރު، ސްޓެލްކޯއިން ބުނީ މާލޭގެ ގިނަ ސަރަހައްދުތަކަށް މިހާރު ކަރަންޓް ލިބޭނޭކަމަށެވެ. މާ ގިނަ އިރެއް ނުނަގައި މާލޭގެ ހުރިހާ ހިސާބަކަށް އަލުން ކަރަންޓް ދެވޭނޭކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މުޅި މާލެ އަދި ހުޅުމާލެ ހިމެނޭހެން ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވަނީ މިއަދު ހެނދުނު 09:30 ހާއިރުއެވެ. ސްޓެލްކޯއިން ބުނީ ކަރަންޓްގެ ހިދުމަތް މެދުކެނޑުފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. މިއީ ހުޅުމާލެ ހިމެނޭހެން މުޅި މާލެއިން ކަރަންޓް ކެނޑުނު ދެވަނަ ފަހަރެވެ.
މިދިޔަ ޖޫންމަހުގެ އެއްވަނަ ދުވަހުވެސް ހުޅުމާލެ އަދި މާލެއިން ކަރަންޓްގެ ހިދުމަތް މެދުކެނޑުނުއިރު، އަލުން ކަރަންޓްދީ ނިމުނީ އެދުވަހުގެ ފަހެއް ޖެހިފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް