މިއަހަރު ސަރުކާރުން މިހާތަނަށް ހަރަދުކުރީ 4013 ރުފިޔާ!
2019ގެ މިހާތަނަށް ސަރުކާރުން ހަރަދުކޮށްފައިވަނީ 4013 ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރުގެ ފުރަތަމަ ހަފްތާގެ ހަރަދުތައް ފިނޭންސް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
މިދިޔަ ހަފްތާގައި ސަރުކާރު މަސައްކަތްކުރީ ދެ ދުވަހު އެވެ. އަނެއް ތިން ދުވަހަކީ ބަންދު ދުވަހެވެ.
މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާލާއިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހޯމް މިނިސްޓްރީންނެވެ. އެއީ 2،600ރ. އެވެ. ހެލްތު މިނިސްޓްރީން ހޭދަކޮށްފައިވަނީ 1،243ރ. އެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލް އިން 95ރ. ހޭދަކޮށްފައިވާ އިރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ހޭދަައަކީ 75ރ. ކަން ފާހަގަކޮށްލެވެއެވެ.
މި އިދާރާތައް ފިޔަވައި އެހެން ތަންތަނުން ހަރަދުކޮށްފައެއް ނުވެއެވެ.
އަހަރު ފެށުނު ހަފްތާކަމަށްވުމުން އިދާރާތަކުން ކުރާ ޚަރަދު މިބީދައިން މަދުވާނެކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް