ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެން ރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ފުލުހުްނގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ރަށްދެބައިމަގުގައި މި އެކްސިޑެންޓް ހިނގާފައިވަނީ، ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ޕާކްކޮށްފައިވާ ސައިލްތަކެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ދަންވަރު 00:15 ހާއިރުއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިަކލުގޮސް ގުދަނެއްގެ ދޮރުގައިވެސް ޖެހިފައިވާކަމަށެވެ.
މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާއަށް އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ލިބުނު އަނިޔާތައް އަދި ސާފެއް ނުވެއެވެ. މީގެ އިތުރުން، މި އެކްސިޑެންޓުގެ ސަބަބުން ދެ ސައިކަލަކަށާއި ގުދަނުގެ ދޮރަށް އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ.
މި ހާދިސާއަށްފަހު ފުލުހުން ވަނީ ސައިކަލް ޓޯކޮށްފައެވެ. އަދި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް