މަޖިލީހުގެ މިލްކުވެރިކަމަށް ޕާޓީތަކުން ދައުވާކުރާކަށް ނުވޭ: މޫސާ މަނިކު
މަޖިލީހުގެ މިލްކުވެރިކަމަށް ޕާޓީތަކުން ދައުވާކުރާކަށް ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ ކުރެއްވި ޓުވީޓެއްގައި ވަނީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ކަނޑައަޅާ ބަޔަކު ތިބޭ ތަނެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި ރާއްޖޭގެ ގިނަބަޔަކު އަދިވެސް ތިބީ ޕާރޓީތަކުގައި ނޫންކަމަށާއި، މަޖިލީހުގެ މިލްކުވެރިކަމާއި، ޕާރޓީތަކުން ދައުވާކުރާކަށް ނުވާކަމަށެވެ.
އަންނަ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާފައިވާ، މޫސާ މަނިކު ޕާޓީތަކާއި ގުޅޭގޮތުން މިފަަދަ ވާހަކައެއް ވިދާޅުވެފައިވާއިރު، އެމަނިކުފާނު ވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައިވެސް މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ.

އެމްޑީޕީއަށްފަހު އޭނާ ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގެން، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައިވެސް މަޖިލީހުގައި ދުވަސްތަކެއް ހޭދަކުރައްވާފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބް ނުކުރެވުމާއި ގުޅިގެން، ޕީޕީއެމްގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކުގައި މޫސަ ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް