ދަރުމަވަންތަ ހޮސްޕިޓަލުގެ ނަންބޯޑުތަކާއި މެދު އިތުރަށް ވިސްނުމަށް ތޯރިގް އެދިއްޖެ
ދަރުމަވަންތަ ހޮސްޕިޓަލްގެ އެކިތަންތަނަށް ދީފައިވާ ދިވެހި ނަންތަކާއި މެދު އިތުރަށް ވިސްނުމަށް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގު އެދިއްޖެއެވެ.
ތޯރިގު މިގޮތަށް އެދިފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ.
އެބޭފުޅާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ހަރުކޮށްފައިވާ ދިވެހި ނަންތަކާއި މެދު ބަހުގެ އެކެޑަމީގެ ފަރާތްތަކުން އިތުރަށް ވިސްނަވަޑައިގަތުމަށް އެދޭ ކަމަށެވެ.
ތޯރިގު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކަކީ ހަގީގީ ކަންބޮޑުވުންތަކެއް ކަމަށާއި ރައްޔިތުންނަށް ބީރުކަންފަތް ދިނުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.
އެހެންކަމުން މި ކަންކަމާއި މެދު އިތުރަށް ވިސްނުމަށް ތޯރިގް ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް