އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފުވި މީހާގެ ބަންދަށް 15 ދުވަސް
މާލޭގެ ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފުވި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ އެ މީހާގެ ބަންދަށް 15 ދުވަސް ޖެހީ ބަންދާ މެދު ގޮތެއް ނިންމަން ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.
އާންމު އިޖުތިމާއީ މިންގަޑާއި ހިލާފުވި މި މީހާ ފުލުހުން ދެނެގަނެ ހައްޔަރު ކުރީ މިދިޔަ ބުރާސްފަތު ދުވަހުއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 28 އަހަަރުގެ ދިވެހި ފިރިހެނެކެވެ.
މާލޭގެ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު ވައްތަރުތަކެއް ޖައްސާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާ ތެރޭ ދައުރުވެފައެވެ. މިކަމާއި ގުޅިގެން އާންމުންގެ ނުރުހުން އަންނަނީ އެމީހާއަށް އަމާޒު ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް