ޑެޕިއުޓީ ޕީޖީ ނިހާޔަތު އިސްތިއުފާދެއްވައިފި
ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލްއުސްތާޛާ މަރިޔަމް ނިހާޔަތު، މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ނިހާޔަތު މަގާމުން އިސްތިއުފާ ދެއްވިކަން ޕީޖީ އޮފީހުންވެސް ވަނީ ޔަގީންކޮށްދީފައެެވެ. އެކަމަނާާ އިސްތިއުފާދެއްވި ސަބަބު ސާފުވާގޮތް ވަނީ ނުވެފައެވެ.
ޑެޕިއުޓީ ޕީޖީކަމުގެ މަގާމަށް ވަޑައިގަތުމާއި ހަމައަށް ނިހާޔަތު ހުންނެވީ ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައެވެ.
2016 އަހަރުގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ ގާނޫނަށް އޭރުގެ ސަރުކާރުން ހުށަހެޅުއްވި އިސްލާހާއި ގުޅިގެން ޑެޕިއުޓީ ޕީޖީގެ މަގާމުގައި ދެ ބޭފުޅުން ތިއްބަވައެވެ.
ނިހާޔަތު އެ މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމުގައި މިހާރު ހުންނަވާނީ މަހުމޫދު ސަލީމް އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް