ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އުފުލަން ބޭނުންކުރާ ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މި ތަކެތި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ހަދިޔާ ކުރީ ހައިޕަބެރިކް ޔޫރަޕް ކުންފުނިންނެވެ.
މި ސާމާނު އުފައްދާ ކުންފުނީގެ ފަރާތުން ހަދިޔާކުރި ޕްރެޝާ ޗެމްބަރާ ދިވެހި އަސްކަރިއްޔާގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އިބްރާހިމް ހިލްމީއެވެ.
މި ޔުނިޓް ލިބުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ.
ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓަކީ ޑައިވިނަށް ގޮސް އުޅެނިކޮށް ކުރިމަތިވާ ކުއްލި ޞިއްޙީ ހާލަތްތަކުގައި ޑައިވަރުންނަށް ފަރުވާ ދިނުމާއެކު އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުމަށް ބޭނުންކުރާ ޕޯޓަބަލް ޕްރެޝާ ޗެމްބަރެކެވެ. މިއީ ޑައިވަރުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް