މުޅި ރާއްޖެއަށް އުދަ އަރާފާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
މުޅި ރާއްޖެއަށް އުދަ އަރާފާނެކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިމިވަނީ މިއަދު މެންދުރުފަހު 14:00 އިން ފެށިގެން މިއަދު ހަވީރު 17:00 އާއި ހަމައަށެވެ.
އުދަ އަރާނޭކަމަށް ސަމާލުވުމަށް ހުދު ސަމާލް ނެރުނު ނަމަވެސް މެޓް އޮފީހުން ވަނީ ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރިނަމަވެސް، ކަނޑުތައް މަޑުވާނޭކަމަށް ލަފާކޮށްފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރައި އެކިވަރުގެ ގެއްލުންތަށް ލިބިފައިވާއިރު، މާލެއަށްވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ.
އުދަ އަރާފާނެކަމަށް ލަފާކޮށް ފުލުހުން އިއްޔެ ވަނީ ބުރިޖާއި ހައިވޭ މަތިން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް