ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް އިމިގްރޭޝަނުން ބަލައި ފާސްކޮށްފި
ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް އިމިގްރޭޝަނުން ބަލައި ފާސްކޮށްފިއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، އިމިގްރޭޝާނުން އެ ތަނަށް ހާޒިރުވިއިރު، އެތާ ތިބި ބިދޭސީން ދިޔައީ އެ ތަން ރޫޅާލައި ހުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި އޮޕަރޭޝަނުގައި ޖުމްލަ 11 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނުގައި ތިބި 8 ބިދޭސީންނާއި ގަރާޖުން ހޯދުނު 3 ބިދޭސީންނެވެ.
މިއަދު އިމިގްރޭޝަނުން ބަލާ ފާސްކުރި ތަނަކީ، ހުޅުމާލޭގެ ގަރާޖެއްގެ މަތީގައި ހިންގަމުންދިޔަ ތަނެކެވެ. މި ތަނާ ގުޅޭގޮތުން ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް