ތިން ފަނޑިޔާރެއްގެ މައްސަލަ ބަލައި ނަސޭހަތް ދޭން ނިންމައިފި
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާއި ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅި ޝަކުވާ ބެލުމަށްފަހު، އެ ފަނޑިޔާރުންނަށް ނަސޭހަތް ދޭން ނިންމައިފިއެވެ.
ޖޭއެސްސީއިން ނަސޭހަތް ދޭން ނިންމި ތިން ފަނޑިޔާރުންގެ ތެރޭގައި އެކޮމިޝަނުގެ ރައީސް، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފުވެސް ހިމެނިވަޑައިގަންނަވައެވެ.
މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީވެސް އޭނާއެވެ. ނަސޭހަތް ދޭން ނިންމި އަނެއް ދެބޭފުޅުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު އަބްދުﷲ އެވެ.
މި ތިން ފަނޑިޔާރުންނާއި ގުޅޭ ގޮތުން ޖޭއެސްސީން ބެލީ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް މިއީ އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިން ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް