ތިލަދުންމަތީގައި ގެއްލިފައިއޮތް ހަޤީޤީ އިޤްތިޞާދީ ފައިދާ, ފިކުރު ސައްލާއިން
"ފިކުރު ސައްލާ" ގެ ނަމުގައި ޚާއްސަ ސެޝަނެއް ތިލަދުއްމަތީގައި ބާއްވައިފިއެވެ.
ސެޝަން އިންތިޒާމް ކުރާފަރާތުން ބުނެފައިވަނީ އެ ސެޝަންގައި ދެކެވުނީ އިގްތިސާދީ ވާހަކަތަކުގެ އިތުރުން ތިލަދުންމަތި އޮތް ސަރަހައްދު އިގްތިސާދީ އިސްތިރާޖީ ފައިދާއަށް ބޭނުން ކުރެވޭނެ ގޮތުގެ ވާހަކަތައް ކަމަށެވެ.
އެ ސެެޝަންގެ ބައިވެރިންނަށް ތިލަދުންމައްޗަކީ އިގްތިސާދީ ގޮތުން ކިހާ މުހިންމު ހިސާބެއްގައި އޮތްތަނެއްކަން އެނގިގެން ދިޔަކަމަށް އުންމީދުކުރާކަމަށް އެފަރާތްތަކުން ބުނެއެވެ.
ފިކުރު ސައްލާގެ ފުރަތަމަ ސެޝަން އިގްތިސާދީ ދާއިރާއަށް ޚާއްސަ ވި ނަމަވެސް ކުރިއަށް ހުރި ސެޝަންތަކުގައި އިޖުތިމާއީ އަދި ސިޔާސީ ގޮތުން ރައްޔިތުން ބާރުވެރިކުރުވުމާއި މެދު މުހިންމު މައުލޫމާތުތަކެއް ދެވޭނެ ކަމަށް ސެޝަން އިންތިޒާމް ކުރާ ފަރާތުން ބުނެފައިވެއެވެ.
ފިކުރި ސައްލާއަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި، އުންމީދަކީ އެ ބައްދަލުވުމުގެ ބައިވެރިންނަށް ފައިދާތަކެއް ކުރުވި ބައްދަލުވުމަކަށް ވެގެން ދިއުން ކަމަށް އެފާތުން ބުނެފައިވެއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ އިގްތިސާދީ ވިސްނުން ބައްޓަންކުރަން ވީގޮތުގެ ތަސައްވުރެއް ދެއްކުނުކަމަށް އުއްމީދު ކުރާ ކަމަށްވެސް ސެޝަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް