ޓީއެމްއޭއިން އެކުންފުނީގެ 53ވަނަ ބޯޓު ގެނެސްފި
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުކަމުގައިވާ ޓްރާންސް މޯލްޑިވިއަން އެއާވޭސްއިން އެކުންފުނީގެ 53ވަނަ މަތިންދާބޯޓު ގެނެސްފިއެވެ.
މިއަދު އިރުއޮއްސި 18:10ހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސި މި ބޯޓު އައިސްފައިވަނީ ޕޯޗުގަލްގެ ސަންޓަ މަރިޔާއިންނެވެ.
ޓީއެމްއޭއިން ބުނިގޮތުގައި މިއަދު ގެނެވުނު މިބޯޓަކީ އެކުންފުނީގެ ފްލީޓަށް އިތުރުކުރުމަށް ނިންމާފައިވާ ހަތަރު ބޯޓުގެ ތެރެއިން ބޯޓެކެވެ. އަދި ބާކީއޮތް ތިން ބޯޓު ކުރިއަށްއޮތް މަސްތަކުގެ ތެރޭގައި ރާއްޖެއަށް އަންނާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
އެކުންފުނީގެ ފްލީޓަށް 53ވަނަ ބޯޓު ގެނެވުނުއިރު، ޓީއެމްއޭގެ ތަރައްގީގެ ވާހަކައިގައި ހިމެނޭ ހުރިހާ ބައިވެރިންނަށް އެކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް