ޑިމޮކްރެޓްސްގެ ރައީސްކަމުން ހަސަން ލަތީފް އިސްތިއުފާދެއްވައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމުން ހަސަން ލަތީފް އިސްތިއުފާދެއްވައިފިއެވެ.
ޑިމޮކްރެޓްސް އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތްތެރިވި ހަސަން ލަތީފް އިސްތިއުފާ ދެއްވާފައިމިވަނީ މިއަދުގެ ވަގުތެއްގައެވެ. ހަސަން ލަތީފް ވަނީ އިއްޔެގެ ވަގުތެއްގައި އޭނާގެ އިސްތިއުފާގެ ސިޓީ އެޕާޓީގެ ނައިބުރައީސަށް ފޮނުއްވާފައެވެ.
ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމުން ހަސަން ލަތީފް އިސްތިއުފާ ދެއްވާފައިމިވަނީ، އެޕާޓީގެ ޖެނެރަލް އެސެމްބްލީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން. އޭނާ މަގާމުން އިސްތިއުފާދެއްވުމަށް އެދި ސިޓީވެސް ފޮނުއްވާފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަސަން ލަތީފް ދެން ގުޅޭނީ އޭނާ ކުރިން ހުންނެވި އެމްޑީޕީއާ އެވެ.
ހަސަން ލަތީފް ޑިމޮކްރެޓްސް އިން ވަކިވެ ވަޑައިގެންނެވިއިރު، ޑިމޮކްރެޓްސްގެ އިސްސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އަދި އެޕާޓީ ވުޖޫދަށް ގެނައުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އަލީ އާޒިމް އާއި މުހައްމަދު ޝިފާޒު ވަނީ އެމްޑީޕީއާ ގުޅިވަޑައިގަންނަވާފައެވެ. މީގެ އިތުރުން ޑިމޮކްރެޓްސްއިން މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރިއިރު، އެޕާޓީގެ ރަނިން މޭޓެއްގެ ގޮތުގައި ހުންނެވި އަދި އެމްޑީޕީ ސަރުކާރުގައި އެސްޓިއޯ ހިންގެވި ހުސައިން އަމްރުވެސް ވަނީ، އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް