ރިޔާސީ ކޮމިޝަންތަކުގެ ބިލަށް މާދަމާ ވޯޓަށް އަހަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ގަރާރަކުން އުފެއްދެވި ދެ ރިޔާސީ ކޮމިޝަނަށް ބާރުދޭ ބިލްތަކަށް ވޯޓު، މާދަމާއަށް ތާވަލްކޮށްފިއެވެ.
ގޮތްނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންނާއި، ދައުލަތުން ގެއްލިފައިވާ ފައިސާތަކުގެ މައްސަލަތައް ބަލައި ތަހުގީގުކުރުމަށް އުފެއްދި ދެ ކޮމިޝަނަށް ބާރުދޭ ބިލްތައް މަޖިލީހުގެ އެންެމެ ފަހުގެ ދައުރު ނިމުނުއިރު ފާާސްކުރުމަށް ރޭވުނެވެ.
ނަމަވެސް އެބިލް ފާސްނުކޮށް މަޖިލީހުން ޗުއްޓީއަށް ދިއުުމުން ގިނަ ފަރާތްތަކުން ވަނީ މަޖިލީހަށް ނުރުހުން އަމާޒުކޮށްފައެވެ.
މި ބިލްގެ ޒަރިއްޔާއިން ރިޔާސީ ކޮމިޝަންތަކަށް ބޮޑެތި ބާރުތަކެއް ލިބޭއިރު، މިއީ ނުހައްގު ބާރުތަކެއްކަމަށްބުނެ އިިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް