އިލްމުވެރިންނާ މެދު ނަފުރަތު އުފެއްދުމުން މުޖުތަމައުގައި ނޭދެެވޭ ކަންކަން ހިނގަމުންދޭ: އައްޝައިޚު އަލީ ޒާހިރު
ރާއްޖޭގައި ދީނީ އިލްމުވެރިންނާ މެދު މީހުންގެ މެދުގައި ނަފުރަތު އުފެއްދުމުން މުޖުތަމައުގައި ނޭދެެވޭ ކަންކަން ހިނގަމުންދާކަމަށް އައްޝައިޚު އަލީ ޒާހިރު ބިން ސައީދު ގާސިމު ވިދާޅުވެއްޖެ އެވެ.
އަލީ ޒާހިރު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގައި ކޯޓުން ބޭރުން 13 އަހަރުގެ އަންހެންކުއްޖަކާ ކައިވެނިކުރި މައްސަލައެއް ފެންމަތިވުމުން، އެކަމަށް އިޝާރާތްކުރައްވައެވެ.
އަލީ ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދީނީ އިލްމުވެރިންނާ މެދު ނަފުރަތު އުފެއްދުމުގެ ސަބަބުން ބައެއް މީހުން ދީނީ އިލްމުވެރިންގެ ބަސް ގަބޫލު ނުކޮށް، އަމިއްލަ، އަމިއްލައަށް ކައިވެނިކުރުންފަދަ ނޭދެވޭ ކަންކަން މުޖުތަމައުގައި ހިނގަމުންދާކަމީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
އަލީ ޒާހިރު މިހެން ވިދާޅުވިއިރު، ރ. މަޑުއްވަރީގައި 13 އަހަރުގެ ކުޑަ ކުއްޖަކާ ކޯޓުން ބޭރުގައި 26 އަހަރުގެ ފިރިހެނަކު ކައިވެނިކުރި މައްސަލައެއް ވަނީ ފެންމަތިވެފައިއެވެ.
އެ ކުއްޖާ ބަނޑުބޮޑުވެ، މިހާރު ވިހާފައިވާ ކަމަށް މައުލޫމަތު ލިބެއެވެ. އެ މައްސަލަ ޖެންޑާ މިނިސްޓްރީއާއި ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް