ރޮނާލްޑޯ ވައްޓާލުމަށްފަހު އެންމެ ބޮޑު އާމްދަނީ ލިބޭ އެޓްލީޓްގެ މަގާމަށް މެސީ
ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ ބޮޑު އާމްދަނީ ލިބޭ އެޓްލީޓަކީ ލިއޮނަލް މެސީ ކަމަށް ފޯބްސް މަޖައްލާއިން ހާމަކޮށްފިއެވެ.
ފާއިތުވި 12 މަސްދުވަހުގެ އާމްދަނީގެ ގޮތުގައި އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި މެސީއަށް 127 މިލިއަން ޑޮލަރު ލިބިފައިވާއިރު ޕޯޗުގަލް އަދި ޔުވެންޓަސްގެ ފޯވަޑް ރޮނާލްޑޯއަށް ލިބިފައިވަނީ 109 މިލިއަން ޑޮލަރުކަމަށް ފޯބްސްއިން ވަނީ ބުނެފައެވެ.
ލިސްޓުގެ ތިންވަނައިގަ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އޮތީ 105 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެންނެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެޓްލީޓުންގެ ގަދަ 10 އެއްގައި މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޯޖާ ފެޑެރާ އަދި ބާސްކެޓް ކުޅުންތެރިން ކަމުގައިވާ ލެބްރޯން ޖޭމްސް އަދި ސްޓީފެން ކަރީ ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް