އައިލެންޑް އޭވިއޭޝަނުގެ ޗެއާމަނަކަށް ޝަފީއު އައްޔަންކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) ގެ ބޯޑުގެ ޗެއާމަނަކަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ގެ މަގާމުގައި ހުންނެވި އަހްމަދު ޝަފީއު އައްޔަންކޮށްފި އެވެ.
މިކަން ހާމަކޮށް އައިލެންޑް އޭވިއޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، ޝަފީޢުއަށް މަރުހަބާ ކިޔައިފައެވެ.
އަހްމަދު ޝަފީއު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމަށް އައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.
އޭނާ ވަނީ ސަރުކާރުގެ އެކި މަޤާމުތަކާއި، ކުންފުނިތަކާއި އަދި އަމިއްލަ ބައެއް ތަންތަނުގައި އިސް މަޤާމުތަކެއް އަދާކުރައްވާފަ އެވެ. މީގެ ތެރޭގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ސަރުކާރުގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރުކަމާއި، މަތީ ތަޢުލީމާ ބެހޭ މަޖިލީހުގެ މެންބަރުކަން ހިމެނެ އެވެ. މީގެ އިތުރުން، އައިލެންޑާސް އެޑިއުކޭޝަންގެ ސީއީއޯކަން ވެސް ޝަފީއު ވަނީ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް