ފާއިތުވި މަހު ކުޑަކުދިންނަށް އަނިޔާކޮށްގެން 105 މައްސަލަ ޖެންޑާއަށް ހުށަހެޅި!
ފާއިތުވި ފެބްރުއަރީ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި މައްސަލަ ތަކުގެ ތެރޭގައި ކުޑަ ކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ 105 މައްސަލައެއް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން ވަނީ ފެބްރުއަރީ މަހު އެ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލް ވަނީ އާއްމުކޮށްފައެވެ.
އެ ތަފްސީލްތަކަށް ބަލާއިރު ފެބްރުއަރީ މަހު ވަނީ ޖުމްލަ 213 މައްސަލައެއް ހުށަހަޅާފައެެވެ.
ޖެންޑާ މިނިސްޓްރީއަށް ފެބްރުއަރީ މަހު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަ ގިނަވީ ނަމަވެސް އެކަމާއި ބެހޭގޮތުން ޖެންޑާ މިނިސްޓްރީން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ޖެންޑަރ އަށް ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލައިގެ އިތުރުން ދެން ހުށަހަޅާފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކާއި، ޖިސްމާނީ ހާނީއްކައިގެ މައްސަލަ ތަކާއި، ޖިންސީ ހާނީއްކައިގެ މައްސަލަތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް