ޕީއެންސީގެ މައްސަލަ ބަލަން ކޮމެޓީއެއް އެކުލަވާލައިފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އުފައްދަނީ އެހެން ޕާޓީއެއްގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށްބުނެ އަމިއްލަ ފަރާތަކުން ހުށައެޅި މައްސަލަ ބެލުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނުން ޚާއްސަ ކޮމެޓީއެއް އުފައްދައިފިއެވެ.
އީސީން މައުލޫމާތު ދޭގޮތުގައި އުފައްދާފައިވަނީ ފަސް މެންބަރުންގެ ކޮމެޓީއެކެވެ.
އެ ކޮމެޓީގައި ހިމެނެނީ ކޮމިޝަނުގެ ލޯ ފާމްގެ ބޭފުޅެއް ހިމެނޭ ގޮތަށް ލީގަލް ޑިޕާޓްމެންޓުގެ ދެ ބޭފުޅަކާއި ކޮމިޝަނުގެ ތިން މެމްބަރުންނެވެ.
މި މައްސަލަ ބަލައި ނިންމުމަށް ދެދުވަހުގެ މުހުލަތެއް ވަނީ ކޮމެޓީއަށް ދީފައެވެ.
ޕީއެންސީ އުފައްދަނީ އެހެން ޕާޓީއެއްގެ ވަސީލަތަކުންކަން އެނގިއްޖެނަމަ އެޕާޓީ ރަޖިސްޓަރ ނުކުރުމުގެ ބާރު، އީސީއަށް ލިބިދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް