ސްޓްރޯކެއްގެ ސަބަބުން ވާގިނެތިފައިވާ ނަޒްރާއަށް އެހީވުމުގެ ހަރަކާތެއް މާދަމާ ބާއްވަނީ
ސްޓްރޯކެއްޖެހި ހަށިގަނޑުގެ ކަނާތްފަރާތުން ވާގިދޫވެފައިވާ ފަރާތެއްގެ ބޭސްފަރުވާއަށް އެހީވުމުގެ ގޮތުން ޚާއްސަ ހަރަކާތެއް މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
ކ. ގުރައިދޫ، ފެހިއާބާދު، މަރިޔަމް ނަޒުރާއަށް އެހީވުމުގެ ގޮތުން މާދަމާ މާލޭގައި ފަންޑްރެއިޒިންގ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވަނީ އަމިއްލަ ޖަމްެއިއްޔާއެއްކަމުގައިވާ މާސީގެ ފަރާތުންނެވެ.
ހުކުރުދުވަހުގެ ހަވީރު ކުރިއަށްދާ މި ހަރަކާތުގައި ނަޒްރާއަށް އެހީވުމުގެ ގޮތުން ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މާސީ އިން ބުނިގޮތުގައި މި ހަރަކާތް ކުރިއަށްދާނީ މާލޭގެ ހަތަރު ސަރަހައްދެއްގައެވެ. އެއީ ރަސްފަންނު، ރަސްރަނި ބަގީޗާ، ކާނިވަލް އަދި ބުރިޖް ވިއު ޕޮއިންޓެވެ.
މި ޖަމްއިއްޔާއަކީ ބޮޑެތި ބަލިތައް ޖެހި ބޭސްފަރުވާ ނުކުރެވިފައިހުރި ފަރާތްތަކަށް އެހީވުމަށް ޔޫތް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން ހިންގަމުންދާ ޖަމިއްްްްްްްްްްްްްްްްްްޔާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް