އެމްއޭސީއެލް ރީސްޓްރަކްޗަރ ކުރުމަށް ނިންމައިފި
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މަތީ މެނޭޖްމަންޓަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
މި ހަފްތާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިހާތަނަށް އެމްއޭސީއެލްއަށް ދާއިމީ މެނޭޖިންގ ޑިރެކްޓަރަކު އައްޔަންކުރެވިފައިވަނީ އެތަނުގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ބޭނުންވާތީ ކަމަށެވެ.
އެގޮތުން އެމްއޭސީއެލްއަކީ އެއާޕޯޓު ހިންގުމުގެ އިތުރުން ވިޔަފާރިކުރާ ކުންފުންޏަކަށްވުމުން އެތަނަށް ސީއީއޯ އަކާއި ސީއޯއޯއެއް ހިމެނޭ ގޮތަށް މެނޭޖުމަންޓް ޓީމެއް ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެފަދަ ބަދަލުތައް ދިރާސާކުރުމަށްފަހު ގެނެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްއޭސީއެލް މިހާރު ހިންގުމާއި ވަގުތީ މެނޭޖިންގް ޑިރެކްޓަރެއްގެ ހައިސިއްޔަތުން ހަވާލުވެ ވަޑައިގެން ހުންނެވީ މޫސާ ސޯލިހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް