އަލިހުރަސް ކަނޑުތެރެއިން ބޮޔެއް އޮޔާދަނީ، ސަމާލުވުމަށް އިލްތިމާސް ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އަލިހުރަސް ކަނޑުތެރެއިން ބޮޔެއް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސް ކޮށްފި އެވެ.
އެމްއެންޑީއެފުން ނެރުނު އެލާޓްގައި ބުނީ މިބޮއި އޮޔާދަނީ އަލިހުރަސް ކަނޑުތެރެއިން ވާދޫ ކަނޑާ ދިމާލަށް ހުޅަނގުން އިރަށް ކަމަށެވެ.
އެހެންކަމުން މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ހާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް