ދަރިފުޅު ނިންދަވަން މިގޮތަށް ކަންތައްކުރޭ!
ތުއްތު ދަރިފުޅު ނުނިދަައިގެން ބައެއް ފަހަރު ވަަރަށް ހާލުގައިވެސް އުޅެންޖެއެވެ.
ނާނާ ކިޔާ، ކޮޅަށް ތެދުވެ ހިނގާ، ނޫނީ ބާލީހަށް ލާ ތަޅުވައިގެންވެސް ނުނިދައިގެން އުޅެންޖެހެއެވެ. އެހެން އެވަނީ ހަގީގަތުގައި އެކަމަށް މަސައްކަތް ކުރަންޖެހޭ އެންމެ ރަނގަޅަށް ނުކުރެވޭތީއެވެ. މި ލިޔުމުގައި މި ހިމަނާލަނީ ދަރިފުޅު ނިންދަވަން ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
ނިދަން އެއް ގަޑިއެއް ކަނޑައެޅުން: މިއީ ވަރަށް މުހިންމުކަމެކެވެ. ކޮންމެ ރެއަކުވެސް އެއް ގަޑިއަކަށށް ދަރިފުޅު ނިންދަވަން އާދަ ކުރާށެވެ. އެއް ގަޑިއަކަށް ނިންދަވާއިރު، ނިންދެވުމުގެ ކުރިން ނާނާއެއް ކިޔާލުމަކީވެސް ފަސޭހައިން ނިދޭނެ ކަމެކެވެ.
ނިދުމުގެ ކުރިން ގާތުން ކިރުދިނުން/ކާން ދިނުން:
ތުއްތު ކުދިންނަށް ނިދިން ހޭލެވޭ ސަބަބުތަކުގެ ތެރޭގައި މާބޮޑަށް ބަނޑުހައިވުންވެސް ހިމެނެއެވެ. އެހެންކަމުން ދަރިފުޅު ނިންދެވުމުގެ ކުރިން ރަނގަޅަށް ކާންދޭށެވެ. އޭރުން ހައިވެގެން ރޯކަށް ނުޖެހޭނެއެވެ.
މަޖާ ކަމެއް ކުރުން:
ތުއްތު ކުދިންނަކީ ސަކަރާތް ޖަހާ ހިތްވާނެ ބައެކެވެ. އެކުދިން ނިދާއިރުވެސް އެކަން ބޭނުންވާނެއެވެ.. އެހެންކަމުން، ދަރިފުޅަށް ވަރަށް ކަމުދާ ލަވައެއް ކިޔުން، ނުވަތަ އަޑެއް އިއްވުމަކީ، ހިތްހަމަ ޖެހުމާއެކު ދަރިފުޅަށް ނިދޭގޮތްވާނެ ކަމެކެވެ.
ކުއްޖާގެ ވަށައިގެންވާ މާހައުލަށް ސަމާލުކަން ދިނުން:
ދަރިފުޅުގެ ވަށައިގެންވާ މާހައުލަކީ ނިންޖާ ރައްޓެހި މާހައުލަކަށް ހަދާށެވެ. ދަރިފުޅަށް އަރާމު ވާނެ ފަދަ ގޮތަކަށް ދަރިފުޅުގެ އެނދު ހުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. އެގޮތުން އަރާމު ރަޖައެއް ގައިގައި އަޅާލުން ފަދަ ކަންކަން ކުރުން ވަަރަށް މުހިއްމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް