ވޯޓު ކަރުދާހުގައި ޖެހި ފާހަގަައިގެ ފޮޓޯ ނަގައިގެން 4 މީހަކު ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ކަރުދާހުގައި ޖެހި ފާހަގަ އެނގޭ ގޮތަށް ފޮޓޯ ނަގައިގެން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެެވެ.
އެގޮތުން ހައްޔަރު ކުރި މީހުންގެ ތެރެއިން 3 މީހުންނަކީ އައްޑޫ ސިޓީ ފޭދޫ ސްކޫލްގައި ހުރި ވޯޓު ފޮއްޓަށް ވޯޓުލާން ގޮސް ވޯޓު ކަރުދާހުގެ ފޮޓޯ ނެގި މީހުންނެވެ.
ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 4 ވަނަ މީހަކީ ގއ. ވިލިނގިލީގައި ވޯޓު ކަރުދާހުގެ ފޮޓޯ ނެގިކަމަށް ކުރި 36 އަހަރުގެ ފިރިހެނެކެވެ.
ވޯޓު ލުމަށް ގޮސް ފޮޓޯ އަދި ވީޑިއޯ ކޮށްގެންނާއި އަދި އެހެން ގޮތަކުން ވެސް ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ދެއްކުމަކީ މަނާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް