ޖޭޕީއާއި ޕްރޮގްރެސިވް ކޯލިޝަނުން ގުޅިގެން މަޖިލީހަށް ވާދަކުރަނީ
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީޕާޓީއާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގެރެސް ކޯލިޝަނުން ގުޅިގެން ވާދަކުރަން ނިންމައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، ޕީޕީއެމްއިން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނީ 32 ދާއިރާއަކަށްކަމަށެވެ.
އަދި ޕީއެންސީ އަދި ޑީއާރްޕީން 13 ދާއިރާއަކަށް، ޖުމްހޫރީ ޕާޓީން 38 ދާއިރާއަކަށް ވާދަކުރާއިރު، އެމްޑީއޭއަށް ހަތަރު ދާއިރާއެއް ދޫކޮށްލާފައިވާނެކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
އެބޭފުޅާ ވިދާޅުވީ ރައީސް ޔާމީނަށް ތާއިދުކުރައްވާ ވަރަށް ގިނަ ބަޔަކު މަޖިލިސްގެ މެޖޯރިޓީ ހޯދަން އެބަ ޖެހޭކަމަށާއި އެހެންކަމުން ރައީސް ޔާމީންގެ މި ނިންމެވުމަކީ ރައީސް ޔާމީންނަށް ތާއީދުކުރާ ހުރިހާ މީހުން މިއަށް ތަބާ ވާން ޖެހޭ ނިންމުމެއް ކަމަށް ގަބޫލުކުރައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް