ހަތަރު މަސާޖު ޕާލަރު ބަލައިފާސްކޮށް އެކަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކޮށް އެކަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ ހުޅުމާލޭގައި ހިންގަމުންދިއަ 04 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި، 01 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް 9 ޑިސެންބަރުގައި ފެށި އޮޕަރޭޝަން ގެ ދަށުން ޑިސެންބަރު 31 ގެ ނިޔަލަށް 96 މަސާޖު ޕާލާރު ބަންދު ކުރެވުނު ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ އިއުލާން ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް